Posts

Showing posts from September, 2022

1- އުނގެނުމުގައި ތަފާތު ހުންނަ ކުދިންނަށް ، އުނގަންނައިދިނުމުގައި އައިސީޓީގެ ދައުރަކީ ކޮބާ؟

Image
  އުނގަންނައިދިނުމުގައި އައިސީޓީ   އަކީ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި އެކިއެކި މުޢާމަލާތުތައް ކުރުމަށް އަދި ހަމައެހެންމެ ދަރިވަރުންގެ އުނގެނުމަށް ސަޕޯޓްދީ، އުނގެނުން ފަހި ކުރުމަށް ބޭނުންކުރާ އުކުޅެކެވެ. (ގާރގް, 2021) އައިސީޓީ ވަނީ ގިނަ މީހުންގެ މުޅި ދުވަހީ ހުރިހާ ކަމެއްގެ ބަ އިވެރިއަކަށް ވެފައެވެ. މީހުން އަމިއްލަ ދިރިއުޅުމާ ، ވަޒީފާގެ މާޙައުލުގައި އައިސީޓީ ގެ ޙިއްސާ ވަރަށް ބޮޑެވެ. ހަމަ މިފަދައިން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދިރިއުޅެމުންދާ ތަފާތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް އައިސީޓީގެ ބޭނުން ވަނީ ވަރަށް ބޮޑުވެފައެވެ. މި ލިޔުމުގައި އަޅުގަނޑު ބަލާލާނީ އުނގެނުމުގައި ދަތިތައް ހުންނަކުދިންނަށް އުނގަންނައިދިނުމުގައި އައިސީޓީ އަދާ ކުރާ ދައުރަކީ ކޮބައިތޯއެވެ.   އަތަނޯސިއޯސް އަދި އޭނާގެ ބައިވެރިން ލިޔުއްވާފައިވާ އާޓިކަލްއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި އުނގެނުމުގައި އެކި ދަތިތަކާ ކުރިމަތިލާންޖެހޭ ދަރިވަރުން ސްކޫލްތަކުގައި އުޅެއެވެ. މިދަރިވަރުންނަށް އައިސީޓީން ގެނެސްދީފައިވާ ފަސޭހަތައް ބަޔާންކޮށްދެމުން އަތަނޯސިއޯސް ފާޙަގަކުރަނީ ދަރިވަރަކީ ލިޔުމުގައި ދަތިކަން ހުން