1- އުނގެނުމުގައި ތަފާތު ހުންނަ ކުދިންނަށް ، އުނގަންނައިދިނުމުގައި އައިސީޓީގެ ދައުރަކީ ކޮބާ؟
އިވެރިއަކަށް ވެފައެވެ. މީހުން އަމިއްލަ ދިރިއުޅުމާ ، ވަޒީފާގެ މާޙައުލުގައި އައިސީޓީ ގެ ޙިއްސާ ވަރަށް ބޮޑެވެ. ހަމަ މިފަދައިން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދިރިއުޅެމުންދާ ތަފާތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް އައިސީޓީގެ ބޭނުން ވަނީ ވަރަށް ބޮޑުވެފައެވެ. މި ލިޔުމުގައި އަޅުގަނޑު ބަލާލާނީ އުނގެނުމުގައި ދަތިތައް ހުންނަކުދިންނަށް އުނގަންނައިދިނުމުގައި އައިސީޓީ އަދާ ކުރާ ދައުރަކީ ކޮބައިތޯއެވެ.
އަތަނޯސިއޯސް އަދި އޭނާގެ ބައިވެރިން ލިޔުއްވާފައިވާ އާޓިކަލްއެއްގައި
ފާހަގަކޮށްފައިވާ ގޮތުގައި އުނގެނުމުގައި އެކި ދަތިތަކާ ކުރިމަތިލާންޖެހޭ
ދަރިވަރުން ސްކޫލްތަކުގައި އުޅެއެވެ. މިދަރިވަރުންނަށް އައިސީޓީން ގެނެސްދީފައިވާ
ފަސޭހަތައް ބަޔާންކޮށްދެމުން އަތަނޯސިއޯސް ފާޙަގަކުރަނީ ދަރިވަރަކީ ލިޔުމުގައި
ދަތިކަން ހުންނަ ކުއްޖެއްނަމަ، އެކުދިން އަނގައިން ކިޔުމުން ސޮފްޓްވެއާރ އެއްގެ
އެހީގައި އެ ކިޔައި އެއްޗެއް ރިޕޯޓެއްގެ ސިފައިގައި ލިޔެވެއެވެ. ހަމައެހެންމެ
ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ ކުއްޖެއްނަމަ ކޮމިއުނިކޭޝަން ޑިވައިސް (
ލެންގުއޭޖް ސިންތަސައިޒާ ކަހަލަ) ތަކެތި ބޭނުންކުރެވޭނެއެވެ. އައިސިޓީގެ އެހީގައި
އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ،ހިސާބަށް އުނދަގޫކުދިންނާއި، ހަނދާންކުރަން އުނދަގޫ ކުދިންނާއި، ކިޔުމާއި ލިޔުމުގައި ދަތިކަން ހުންނަ ކުދިންނަށް ވަރަށް
ބޮޑެތި ފަސޭހަތަކެއް އުނގެނުމުގައި ލިބިގެންދެއެވެ.
މީގެ އިތުރުން ދަރިވަރުންގެ މޮޓޯ އަދި
ޕާރސެޕްޗުއަލް ސްކިލް ތަރައްޤީކުރުމަށްޓަކައިވެސް އައިސީޓީ ވަރަށް މުހީއްމު ރޯލެއް
އަދާކުރާ ކަމަށް އަތަނޯސިއޯށް އަދި އޭނާގެ ބައިވެރިން ފާހަގަކުރެއެވެ. އެގޮތުން
އިލެކްޓްރޯނިކް ގޭމްސް ފާޙަގަވެފައިވަނީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ނުވަތަ
އުނގެނުމުގައި ދަތިތައް ހުންނަ ކުދިންގެ ށިއްޙަތާ ގުޅޭ އުޅުމާއި ކަންތައް އިމޭޖު
ކުރުމާއި އަމިއްލަ ނަފްސް ކޮންޓްރޯލްކުރުމާއި ކަންކަމަށް ދޭ ސަމާލުކަން
ރަނގަޅުކުރުމަށް އެހީތެރިވެދޭ އެއްޗެއްގެ ގޮތުގައެވެ.
ޑެލާ ވޮލްޕް (2016) ފާޙަގަކުރާ ގޮތުގައި
އުނގަންނައިދިނުމުގައި އައިސީޓީ ވަނީ ވަރަށް ފްލެކްސިބަލް ކަރިކިއުލަމްއެއް
އުފައްދާފައެވެ. މި ކަރިކިއުލަމްގެ އެހީގައި ކޮންމެ ދަރިވަރަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދެވެއެވެ.
ނުވޯގްބާ (2011) ހާމަކުރާގޮތުގައި ޓެކްނޮލޮޖީގެ
އެހީގައި ތަފާތު ނުކުޅެދުންތެރިކަން ނުވަތަ ތަފާތު އެހީތަކަށް ބޭނުންވާ ތަފާތު
އުމުރުފުރައިގެ މީހުންނަށް އެކި ދޮރުތައް ހުޅުވި ކަންކަން ކުރުމުގެ މަގުފަހިވެގެން
ދެއެވެ. ހަމައެހެންމެ އެފަދަ މީހުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށްވެސް
އެހީއަކަށް ޓެކްނޮލޮޖީ ވެދެއެވެ. ހަމައެހެންމެ ނުވޯގްބާ ފާހަގަކުރާ ގޮތުގައި މި
ހުރަސްތައް ނައްތާލުމަށްޓަކައި ބޭނުންކުރާ އައިސީޓީގެ ވަޞީލަތްތަކަކީ އެ ހުރި
ނުކުޅެދުންތެރިކަމަކަށް ޙާއްސަ އެއްޗެއްކަމުގައި ވުމަކީ މުޙިއްމުކަމެކެވެ.
މިގޮތުން ލޮލުގެ ފެނުމުގައި މައްސަލައެއް އުޅޭ ކުއްޖެއް ކަމުގައިވާނަމަ އެކަމަށް ޙާއްސަ އައިނެއް ނުވަތަ މެގްނިފައިއާރ
އެއް ބޭނުންކުރެވޭނެއެވެ. ކުއެންވެލް (2002) . މިގޮތަށް އެކުއްޖެއްގެ ހުރި ޙާއްސަ
ކަމަކާ ގުޅުވައިގެން އައިސީޓީ ބޭނުންކުރުމުން ކުދިންގެ ތަޢުލމީ ފެންވަރު
ރަނގަޅުވެއެވެ. ހަމައެހެންމެ އައިސީޓީ ބޭނުންކޮށްގެން އުނގަންނައިދިނުމުން
ދަރިވަރުންގެ ދުވަހީ ބޭނުންތަކަށް ބޭނުންވާ ތަފާތު ހުނަރުތައްވެސް ދަސްކޮށްދެވެއެވެ.
މީގެ އިތުރުން އައިސީޓީ ބޭނުންކޮށްގެން، އުނގެނުމުގައި ދަތިތައް ހުންނަ ކުދިންނަށް
އުނގަންނައިދިމުން އެކުދިންނަށް ފަންސުރާއި ކަރުދާސްބޭނުންކޮށްގެން
އުނގެނުމަށްވުރެ އެކުދިންނަށް މަޖާވެއެވެ.
އައިސީޓީގެ ތަފާތު ވަޞީލަތްތައްހުރެއެވެ. އެގޮތުން
ވީޑިއޯއާއި އޯޑިއޯއާއި ތަފާތު ވައްތަރުގެ ސޮފްޓްވެއާރއާއި ކޮމިއުނިކޭޝަން
ޑީވައިސްތައް ހިމެބެއެވެ. މިހުރިހާ ވަޞީލަތްތަކުގެ ބޭނުންކޮށްގެން ހުރިހާ
މުދައްރިސުންވެސް މަސައްކަތްކުރަންވީ އުނގެނުމުގައި ތަފާތު ދަތިތައް ހުންނަ
ކުދިންނަށް އުނގެނުމަކީ ފަސޭހަ އެއްޗަކަށްހަދާ އެކުދިންނަކީވެސް މުޖުތަމަޢުއަށް
ބޭނުންތެރި ކުދި ބަޔަކަށް ހެދޭތޯއެވެ. އަޅުގަނޑުގެ ދުޢާއަކީ ހުރިހާ
މުދައްރިސުންވެސް ފަހުގެ ޓެކްނޮލޮޖީގެ ވަޞީލަތްތަކަށް އަހުލުވެރިވެ އޭގެ ބޭނުން
ކުލާސްރޫމްތަކުގައި ކުރުމެވެ.
ރިފަރެންސެސް
،ޖޭ., ކ. (2002). ޓެކްނޮލޮޖީ ޓޫލްސް ފޯ ސުޓޫޑެންޓްސް ވިތް ލާރނިން ޑިސްއެބިލިޓީސް:
އިންފިއުޝަން އިންޓި އިންކުލޫސިވް. ޢެރިކް,
167-170.
ނުވޯގްބާ. (2011). އިންޑިޕެންޑެންޓް ލިވިން ފޯ
ޕާރސަންސް ވިތް ސްޕެޝިއަލް ނީޑް ތުރޫ އެސިސިޓިވް ޓެކްނޮލޮޖީ . ސެންޓާރ ފޯ ލާރނިނގ ޑިސްއެބިލިޓީސް އެންޑް އޯޑިއޮލޮޖީ, 16-25.
ލޮންގޯޕް, ރ. އ.
(2015). ޔޫސިން
އެސިސްޓިވް ޓެކްނޮލޮޖީ އިން ޓީޗިން ޝިލްޑްރެން އިތް ލާރނިން ޑީސްއެބިލިޓީސް
އިންދަ 21ސްޓް ސެންޓްރީ. އެރކް.
ގާރގް, ރ. (2021). ރޯލް އޮފް އައިސީޓީ އިން ޓީޗިން
އެންޑް ލާރނިން. ރިސާރޗް ގޭޓު.
ޑްރިގަސް, ޕ. އ.
(2021). އައިސީޓީސް އިން
އިންކުލޫސިވް އެޑީއުކޭޝަން ފޯ ލަރނިން ދިސްއެބިލިޓީސް.
ރިސާރޗް ގޭޓް.
Comments
Post a Comment