އުނގަންނައިދިނުމުގައި އިފެކްޓިވް ލާރނިންގެ ރޯލަކީ ކޮބާ؟
ޕޯސްޓް 3: އުނގަންނައިދިނުމުގައި އިފެކްޓިވް ލާރނިންގެ ރޯލަކީ ކޮބާ ؟ އިފެކްޓީވް ލާރނާސްއަށް ފަރުދީ އަދި އިޖުތިމާޢި ގޮތުން ވިސްނުމުގެ ހުނަރުތައް ލިބިފައިވާނެއެވެ. އެކުދިންގެ ކިބައިގައި އުނގެނުމުގެ ސްޓްރެޓެޖީތައް ހަރުލާފައި ވުމުގެ އިތުރުން އުނގެނުން މޮނިޓާރ ކުރުމާއި، ރިވިއު ކޮށްގެން އެ ސްޓްރެޓެޖީ ތަކަކީ ހަރުދަނާ ސްޓްރެޓެޖީ ތަކެއްތޯ ބެލުމުގެ ހުނަރުވެސް ބެލިފައިވާނެއެވެ. އެހެންކަމުން އުނގެނުމުގައި ދަރިވަރުންނަކީ އެ އުނގެނުން ރާވާ މޮނިޓާރ ކޮށް ރިފްލެކްޓް ކުރުމުގެ މަސައްކަތްވެސް ކުރާ ކުދިންނެވެ. އިފެކްޓިވް ލާރނިންގައި ޢިލްމް ލިބުމަށްވުރެ ބޮޑަށް ސަމާލުކަން ދޭޏްޖެހެނީ އެ ލިބުނު ޢިލްމް ބޭނުންކުރުމަށެވެ. (ވަގްނާ, 2002) އިފެކްޓިވް ލާރނިންއަކީ ކޮބާ އިފެކްޓިވް ލާރނިންގެ ހުނަރު ހުރި ކުދިންނަކީ ތަފާތު އެކި ހާލަތްތަކުގައި އަދި ތަފާތު ބޭނުންތަކުގައި ، ތަފާތު ސްޓްރެޓެޖީ ތަކާއި އެޕްރޯޗްތައް ބޭނުންކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ކުދިންނެވެ. މިގޮތުން މިފަދަ ކުދިންގެ ކިބައިގައި ހުންނާނެ ބައެއް ސިފަތަކަކީ ނުވަތަ ހުނަރު ތަކަކީ ތަފާތު ލިޔުންތަކުގައި ހުން