އުނގަންނައިދިނުމުގައި އިފެކްޓިވް ލާރނިންގެ ރޯލަކީ ކޮބާ؟
އިފެކްޓީވް ލާރނާސްއަށް ފަރުދީ އަދި އިޖުތިމާޢި
ގޮތުން ވިސްނުމުގެ ހުނަރުތައް ލިބިފައިވާނެއެވެ. އެކުދިންގެ ކިބައިގައި އުނގެނުމުގެ
ސްޓްރެޓެޖީތައް ހަރުލާފައި ވުމުގެ އިތުރުން އުނގެނުން މޮނިޓާރ ކުރުމާއި، ރިވިއު
ކޮށްގެން އެ ސްޓްރެޓެޖީ ތަކަކީ ހަރުދަނާ ސްޓްރެޓެޖީ ތަކެއްތޯ ބެލުމުގެ ހުނަރުވެސް
ބެލިފައިވާނެއެވެ. އެހެންކަމުން އުނގެނުމުގައި ދަރިވަރުންނަކީ އެ އުނގެނުން ރާވާ
މޮނިޓާރ ކޮށް ރިފްލެކްޓް ކުރުމުގެ މަސައްކަތްވެސް ކުރާ ކުދިންނެވެ. އިފެކްޓިވް
ލާރނިންގައި ޢިލްމް ލިބުމަށްވުރެ ބޮޑަށް ސަމާލުކަން ދޭޏްޖެހެނީ އެ ލިބުނު ޢިލްމް
ބޭނުންކުރުމަށެވެ.
އިފެކްޓިވް ލާރނިންގެ ހުނަރު ހުރި ކުދިންނަކީ
ތަފާތު އެކި ހާލަތްތަކުގައި އަދި ތަފާތު ބޭނުންތަކުގައި ، ތަފާތު ސްޓްރެޓެޖީ
ތަކާއި އެޕްރޯޗްތައް ބޭނުންކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ކުދިންނެވެ. މިގޮތުން
މިފަދަ ކުދިންގެ ކިބައިގައި ހުންނާނެ ބައެއް ސިފަތަކަކީ ނުވަތަ ހުނަރު ތަކަކީ
ތަފާތު ލިޔުންތަކުގައި ހުންނަ ވާހަކަތައް އެކަނިވިއަސް ދޭހަކުރެވުމާއި ،ޕްރޮޖެކްޓް
މަސައްކަތްތަކުގެ ތެރެއިން އެހެންމީހުންނާ ގުޅިގެން ޢިލްމު އުފެއްދުމާއި ، ތަފާތު
ޚިޔާލުގެ މީހުންނާ މުޢާމަލާތްކުރުމާއި އާއިލީ ގުޅުންތައް ދެމެހެއްޓުމެވެ.
އިފެކްޓިވް ލާރނިން ކުރިއަށްދާ ކުލާސްތަކުގައި
ދަރިވަރުން ހަރަކާތްތެރިކޮށް އުނގެނޭނެއެވެ. އަދި އެއް އަމާޒުތަކެއް
ޙާސިލްކުރުމަށްޓަކައި އެކިކުދިންނަށް ޒިންމާތައް ބަހައިލައިގެން ގުޅިގެން
މަސައްކަތްކުރާނެއެވެ. އަދި މިގޮތަށް އުނގެނުމުގެ ތެރެއިން ދަރިވަރުންގެ ޒިންމާ
އެކުދިންނަށް ދަސްވެ ، އުނގެނުން އަމިއްލައަށް ރާވައި ކުރިއަށް ދާގޮތް މޮނިޓާ
ކޮށް، އަމިއްލައަށް ވަޒަންކޮށް ގެންނަން ޖެހޭ އިސްލާޙުތައް ކަނޑައަޅައެވެ. އަދި
އެގޮތަށް އުނގެނުން ބަދަލުކުރެއެވެ.
އިފެކްޓިވް ލާރނިން ކުރިއަށް ދާއިރު އުނގެނުމުގެ
ތެރޭގައި ހަތަރު ބައެއް ހިމެނެއެވެ. އޭގެ ތެރޭގައި ކުރުމާއި ރިވިއުކުރުމާއި
ދަސްކުރުމާއި ބޭނުންކުރުން ހިމެނެއެވެ. ތިރީގައިވާ ތާވަލުގައި މި ބައިތައް
އިތުރަށް ތަފްސީލު ކޮށްދީފައިވާނެއެވެ.
އިފެކްޓިވް ލާރނިންގައި އުނގެނުމާއި އުނގަންނައިދިނުން
ކުރިއަށް ދާ ގޮތް ދައްކުވައިދޭ ތާވަލު
|
ހަރަކާތްތެރި
އުނގެނުން Active
learning |
ގުޅިގެން
އުނގެނުން Collaborative
learning |
ދަރިވަރުގެ
ޒިންމާ Learners
responsibilities |
އުނގެނޭނެ
ގޮތްތައް ދަސްކުރުން Learning about learning |
މަސައްކަތްކުރުން |
ހަރަކާތްތައް
ފަރުމާ ކުރެވިފައިވަނި ދަރިވަރުންގެ ދައުރު ބޮޑުވާގޮތަށް |
ކުދި
ގުރޫޕްތަކުގައި މަސައްކަތްތައް ބައިބަޔަށް ބަހާލައިގެން ކުރުން |
ދަރިވަރުންނަށް
ލިބިފައިވާ އިޚްތިޔާރުގެ ބޭނުންހިފައިގެން އެޕްރޯޗެއް ޕްލޭން ކުރުން |
ދަރިވަރުން
މަސައްކަތްތަކުގައި ބައިވެރިވާއިރު އެމީހުންގެ އުނގެނުމުގެ ކަންތައްތައް ފާހަގަކުރުމަށް
ބާރުއަޅުން |
ރިވިއުކުރުން |
ހަރަކާތްތެރި
އުނގެނުމުގެ ތެރެއިން ދަރިވަރުން އެ ހަރަކާތުގެ މުހިއްމު ކަންތައްތަކާއި
އެހަރަކާތުގައި ވީގޮތާއި އެހާލަތުގައި ކުރެވުނު އިޙްސާސްތައް ފާހަގަކުރާނެއެވެ. |
ގުރޫޕްގެ
ދަރިވަރުން އެކުދިންގެ ޚިޔާލުތައް އެކައްޗެއްގެ ގޮތުގައި ގެނެސް ހުށަހެޅުން.
އަދި ގުރޫޕްގައި މަސައްކަތް ކުރެވުނު ގޮތާމެދު ރިވިއުކުރުން |
ދަރިވަރުން
އެމީހުންގެ ކުރިއެރުން މޮނިޓާރ ކޮށް ޕްލޭން ރިވިއުކުރުން |
ދަރިވަރުންނަށް
ފާހަގަކުރެވޭ ކަންކަން ބަޔާންކޮށް، އުނގެނުން މުރާޖަޢާކުރޭ |
ދަސްކުރުން |
އާ
ވިސްނުންތަކާއި ޚިޔާލުތައް ސާފުކޮށް ދޭހަވުން |
ގުރޫޕް
މަސައްކަތް ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން ، މަސައްކަތުގެ ހުރިހާ ހިސާބެއްގައިވެސް
ވާހަކަ ދެކެވުން. |
ކުރިއެރުމަށް
ހުރަސް އެޅޭ ކަންތައްތައް ދެނެގަނެ އާ ސްޓްރެޓެޖީތައް ކަނޑައެޅުން |
އުނގެނުމުގެ
މޮޅު ގޮތްތަކަށް ބާރު އަޅާ ، ރިފްލެކްޓިވް އިންކުއަރީއަށް ބާރުދޭ |
ބޭނުންކުރުން |
ދަސްވި
އެއްޗަކާ ގުޅުވައިގެން ކުރިމަގުގައި ކަންތައްކުރާނެ ގޮތް ރާވާލުން އަދި އެހެން
ޙާލަތްތަކުގައި ދަސްވި އެއްޗިހި ބޭނުންކުރުން |
ގުރޫޕް
އަދި ކޮމިއުނިޓީ ލާރނިންއަށް ކުރިއަށް އޮތް ތަނުގައި ކުރެވިދާނެ ކަންކަން ބެލުން |
ކުރިއަށް
އޮތްނުގައި ގެންނަންޖެހޭ ބަދަލުތައް ޕްލޭންތަކަށް ގެނައުން |
ދަރިވަރުން
އިތުރު ކަންތައްތައް ފާހަގަކޮށް އުނގެނުމުގައި އެމީހުން ގެންގުޅޭ އެޕްރޯޗް
ތަޖުރިބާކުރުމަށް ޕްލޭންކުރުން |
އުނގެނުމާއި އުނގަންނައިދިނުން
އިފެކްޓިވް ކުރުމުގައި އައިސީޓީ ގެ ދައުރު
އަދުގެ މުޖުތަމަޢަށް ބޭނުންތެރި ދަރިންތަކެއް
އުފެއްދުމަށްޓަކައި އުނގަންނައިދިނުމުގައި އިފެކްޓިވް ލާރނިން ބޭނުންކުރުމަކީ
ވަރަށް މުހިއްމު ކަމެކެވެ. މިޒަމާނުގެ އުނގަންނައިދިނުމުގައި އިފެކްޓިވް ލާރނިން
ކުރިއަށްގެންދިއުމުގައި އައިސީޓީ އިންޓަގްރޭޓް ކުރުމަކީ މުހިއްމުކަމެކެވެ. އެހެނީ
އައިސީޓީ މެދުވެރިކޮށް ގުރޫޕްތަކުގައި މައްސަލަ ޙައްލުކުރުމުގެ ހަރަކާތްތަކާއި
ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމާއި ގުޅުންތައް އުފެއްދުމަށްޓަކައި
ނެޓްވާރކްތައް ޤާއިމްކުރުމުގެ ފުރުސަތު ލިބެއެވެ. މީގެ އިތުރުން ތަޢުލީމު
ދިނުމުގައި އައިސީޓީ ބޭނުންކުރުމަކީ އުނގެނޭ އެއްޗެއް ހަދާނުގައި ހަރުލުމަށް
އެހީތެރިވެދޭ ކަމެއް ކަމަށް ވަނީ ދިރާސާތަކުން ދައްކާފައެވެ. އަދި ހަމަ އެހެންމެ
ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކޮށް ކްރިޓިކަލް ކޮށް ވިސްނުމަށް ވެސް އައިސީޓީ
އެހީތެރިވެދެއެވެ
ލިޔެ ތައްޔާރުކުރީ : އަމީރާ ޙަސަން 059025 ފާތިމަތު ލީނާ 10535
ރިފަރެންސެސް
ކަމް,
ޖ. ޑ. (2013). އިމްޕްރޫވިން ސްޓޫޑެންޓްސް ލާރނިން
ވިތް އެފެކްޓިވް ލާރނިން ޓެކްނިކްސް: ޕްރޮމިސިން ޑައިރެކްޝަން ފްރޮމް ކޮގްނިޓިވް
އެންޑް އެޑިއުކޭޝަނަލް ސައިކޮލޮޖީ . ސޭޖު ޖާނަލް.
އެޕްލް, ޑ.
ކ. (2015). ލާރނިން ހައު ޓު ލާން: އިމްޕްރޫވް ދަ
ޕަރފޯމެންސް އޮފް ލާރނިން. ރިސާޗް ގޭޓު.
ވަގްނާ, ކ.
ވ. (2002). އިފެކްޓިވް ރާރނިން. ރިސާޗް
ގޭޓު.
މުޙައްމަދު,
ގ. އ. (2013). ދަ ރޯލް އޮފް އައިސީޓީ ޓު މޭކް ޓީޗިން
-ލާރނިން އިފެކްޓިވް އިން ހައިއާ އިންސްޓިޓިއުޓް އޮފް ލާރނިން ޔުގެންޑާ. IJIRSET.
Comments
Post a Comment