ފިލާވަޅުގެ ތެރޭގައި ބޭނުންކުރާނެ އައިސީޓީ ޓޫލް އެއް ކަނޑައެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް
ލިޔުން
އެކުލަވައިލީ: ފާޠިމަތު ލީނާ 10535 އަދި އަމީރާ ޙަސަން 059025
މާސްޓަރ އޮފް އެޑިއުކޭޝަން
ފިލާވަޅުގެ ތެރޭގައި ބޭނުންކުރާނެ އައިސީޓީ ޓޫލް އެއް
ކަނޑައެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް
21 ވަނަ ޤަރުނަކީ ދުނިޔެ ޓެކްނޮލޮޖީގެ
ދާއިރާއިން އާ އުސްމިންތަކަކަށް ދަތުރުކޮށްފައިވާ ޤަރުނެކެވެ. ދިރިއުޅުމުގެ
ކަންކަމުގަޔާއި ވަޒީފާގެ މައިދާނުގައި ޓެކްނޮލޮޖީގެ މުހިންމުކަން ވަނީ ނުހަނު
ބޮޑުވެފައެވެ. މިކަމާއެކު 21 ވަނަ ޤަރުނުގެ އުނގެނުމާއި އުނގަންނައިދިނުމުގެ
ހަރަކާތްތަކުގެ ތެރޭގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
އިންޓަރގްރޭޓްކުރުމަކީ ކޮންމެހެން ލާޒިމުކަމެއްކަމުގައިވެފައިވެއެވެ. އެހެންނަމަވެސް
ކުލާސްރޫމުގައި ބޭނުންކުރާނެ އެންމެ އެކަށީގެންވާ އައިސީޓީ ޓޫލް ކަނޑައެޅުމުގައި މުދައްރިސުންނަށް
ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެއެވެ. މި ގޮންޖެހުން ހައްލުކުރުމަށްޓަކައި
ފިލާވަޅު ތެރޭގައި ބޭނުންކުރާނެ އެކަށީގެންވާ ޓޫލް ދެނެގަތުމައްޓަކައި ރިއާޔަތްކުރެވިދާނެ
ކަންތައްތަކެއް ހުރެއެވެ.
ފިލާވަޅުގައި ކުރަން
އުޅޭކަމަކާއި އައިސީޓީގެ ބޭނުން ދެނެގަތުން
ފިލާވަޅުގެ ތެރޭގައި އައިސީޓީ ބޭނުންކުރުމަށްޓަކައި
އެކަމުގެ ސަބަބެއް އޮންނަންވާނެއެވެ. އައިސީޓީ ބޭނުންކުރަނީ ކޮން މަޤުސަދެއްގައި
ކީއްކުރަންކަން ކަނޑައަޅަންވާނެއެވެ. ހަމަ އެއާއެކު މުދައްރިސާއި ދަރިވަރުން އެ
ޓެކްނޮލޮޖީގެ ބޭނުންހިފާނީ ކޮން ގޮތަކަށްކަން ކަނޑައެޅިފައި އޮންނަން ޖެހެއެވެ. އަދި
ކަނޑައަޅާ ޓޫލްއަކުން ފިލާވަޅުގެ މަޤުސަދުތައް ނުވަތަ ފިލާވަޅުގެ ލަނޑުގަނޑި
ހާސިލުކޮށްދޭން އެހީތެރިވެދޭނީ ކިހާ މިންވަރަކަށްކަން ދެނެގަންނަން ޖެހެއެވެ(ވެސްޓަން
އަދި ކެރިން، 2011). މި ގޮތުން
ބޭނުންކުރެވޭ ޓޫލްތަތަކީ ދަރިވަރުންނަށް ޝައުޤުވެރި އަދި ދަރިވަރުންގެ
ބައިވެރިވުން ލިބޭނެ ފަދަ ޓޫލަކަށް ވާންޖެހޭނެއެވެ. އަދި ޓެކްނޮލޮޖީގެ
ބޭނުންކޮށްގެން ކުދިންނަށް އުނގަންނައިދެވޭ އުނގަންނައިދިނުމުގެ ތެރޭގައި ކުރިން
ދަސްކޮށްފައިވާ ކޮންސެޕްޓްތައް ބޭނުންކުރުމަށް ހިއްވަރު ލިބެނީ ކިހާ މިންވަރަކަށްކަންވެސް
ދެނެގަތުމަކީ މުހިންމުކަމެކެވެ. އެހެންކަމުން އުނަންނައިދިނުމުގައި ޓެކްނިލޮޖީ
ބޭނުންކުރާ ސަބަބު ދެނެގަތުމަކީ ބޭނުންކުރާނެ ޓެކްނޮލޮޖީގެ ޓޫލްއެއް
ކަނޑައެޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.
ލިބެންހުރި
ވަސީލަތްތައް ދެނެގަތުން
ޓެކްނޮލޮޖީއާ
ގުޅުންހުރި ސޮފްޓްވެރަރ ނުވަތަ ޓޫލްތައް ބޭނުންކުރުމަށްޓަކައި ދަރިވަރުންނަށް
ބޭނުންކުރެވޭނެހެން ޓެކްނޮލޮޖީގެ ވަސީލަތްތައް ޤާއިމްކުރެވިފައި ހުރުމަކީ މުހިންމު
ކަމެކެވެ
ވަގުތު
ކުލާހުގައި
ބޭނުންކުރާ އައިސީޓީ ޓޫލް ކަނޑައެޅުމުގައި ފިލަވާޅަށް ލިބިފައިވާ ވަގުތަށް
ރިއާޔަތްކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން ދިރާސާއިން ދައްކާގޮތުގައި ގެންދެވޭ
ހަރަކާތްތަކަށް ކުދިން ތައްޔާރުވުމަށް ފިލާވަޅުގެ ތެރެއިން ހޭދަވާ ވަގުތުގެ
ސަބަބުން ފިލާވަޅަށް އެކަށީގެންވާ ވަގުތު ނުލިބުމުގެ މައްސަލަ ކުރިމަތިވުމަށް
މެދުވެރިވެއެވެ
ޚަރަދު
ކުލާހުގައި އައިސީޓީ ބޭނުންކުރުމަށް ނިންމުމުގެ ކުރިން ނުވަތަ އައިސީޓީ
ބޭނުންކޮށްގެން ކުރުމަށް ގޭގައަށް ހަވާލުކުރެވޭ މަސައްކަތްތައް ހަވާލުކުރުމުގެ
ކުރިން ސްކޫލެއްގައި ހައިސިއްޔަތުން އަދި ދަރިވަރެއްގެ ހައިސިއްޔަތުން އެކަމަށް
ހޭދަވާނެ ޚަރަދާމެދު މުދައްރިސުން ސަމާލުކަން ދިނުމަކީ މުހިންމުކަމެކެވެ
އައިސީޓި ބޭނުންކުރުމަކީ މިހާރުގެ ކިޔަވައިދިނުމުގެ
ސިސްޓަމުގެ ތެރެއިން ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމަކަށް ވާހިނދު
ފިލާވަޅުތަކުގެ ތެރޭގައި އެންމެ އެކަށީގެންވާ ޓޫލްތައް ބޭނުންކުރުމަކީ
މުދައްރިސުންގެ ޒިންމާއެކެވެ. މިފަދަ ޓޫލްތައް އިޚްތިޔާރުކުރުމުގައި މިހާރަށްވުރެ
ބޮޑަށް ސަމާލުކަންދީ އުނގެނުން އާހަރުފަތަކަށް ގެންދިއުމުގެ ފުރިހަމަ ބާރު
މުދައްރިސުންގެ އަތްމަތީގައި ވެއެވެ.
ރަފަރެންސް:
ބްރަޝް, ހ. ފ. (2006). އިންޓަގްރޭޓިން ޓެކްނޮލޮޖީ އިން ކޭ-12 ޓިޗިންގް އެންޑް ލާނިންގ: ކަރަންޓް
ނޮލެޖް ގެޕްސް އެންޑް ރެކޮމެންޑޭޝަން ފޯ ފިއުޗަރ ރިސާރޗް. ރިސާރޗްގޭޓް .
ވެސްޓަން, ކ. (2011). ކޮންސިޑަރޭޝަންސް ފޯ ޗޫސިންގ
ޓެކްނޮލޮޖީ ފޯރ ޓީޗިންގ. އެކަޑެމިއަރ ޕްރިމިއަމް .
ގަވިފިކްރް, ސ. (2015). ޓީޗިންގ އެންޑް ލާނިންގ ވިތް
ޓެކްނޮލޮޖީ: އެފެކްޓިވްނަސް އޮފް އައިސީޓި އިންޓަގްރޭޝަން އިން ސްކޫލްސް. އންޓަރނޭޝަނަލް ޖާނަލް އޮފް ރިސާރޗް އިން އެޑިއުކޭޝަން
އެންޑް ސައިންސް .
ސުޓޯ, އ. އ. (2016). ޗެލެންޖަސް އެންޑް ސޮލޫޝަންސް ވެން
ޔޫސިންގް ޓެކްނޮލޮޖީސް އިން ދަ ކްލާސްރޫމް
. އެރިކް .
ޓޮޑް, ލ. އ. (2019). ކޮންސިޑަރޭޝަން ވެން އިންކޯޕޮރޭޓީން
ޓެކްނޮލޮޖީ އިންޓު ކްލާސްރޫމް އެންޑް އެކްސްޕީރިއަންޝިއަލް ލާނިންގ. ދަ ޖާނަލް އޮފް ޕެޑިއާރޓިޗް ފާމަކޮލޮޖީ އެންޑް
ތެރަޕިއުޓީސް.
Comments
Post a Comment